ރާއްޖެއަށް މިއަހަރު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 15 މިލިއަނަށް މިހާރު އަރައިފިއެވެ.
އެގޮތުން މިހާރު އެ އަދަދު ވަނީ ހުރަސްވެސް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިއަހަރުގެ ތެރޭ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކުރީ އިއްޔެ ކަމަށެވެ.
މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓަށް ވާސިލުވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު 2.5 ފަތުރުވެރިން ގެނައުމަށެވެ. އެ ޓާގެޓު ހާސިލު ވަނީ އަހަރުގެެ ބާކީ އޮތްތަނުގައި މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްގެންނެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފްތާގައި 33،773 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު %23.6 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމުތަކަކީ:
° ޗައިނާ – 240،828 ފަތުރުވެރިން
° ރަޝިއާ -182،315 ފަތުރުވެރިން
° އިނގިރޭސިވިލާތް -136،619 ފަތުރުވެރިން
° އިޓަލީ -107،736 ފަތުރުވެރިން
° ޖަރުމަނު-104،764 ފަތުރުވެރިން




