ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށްދޭ އިނާޔަތް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖްގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސުން އަދި ކުރީގެ މަޖިލިސް މެންބަރުކަންކޮށްފައި ތިބި ފަރާތްތަކަށް ގާނޫނުގެ ދަށުން މިހާރު ދެމުން އަންނަ އިނާޔަތްތައް މަދުކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި އެއީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ.
”އަޅުގަނޑުމެންނަކީ ރައްޔިތުންގެ ހާދިމުން“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މިގޮތަށް މެސެޖްކުރައްވާފައި މި ވަނީ، ކުރީގެ މެންބަރުންނަށް ދޭ އިނާޔްތަތަކުގެ ވާހަކަ އަނެއްކާވެސް ޝޯޝަލް މީޑިއާގައި ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.



