ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާއި ގުޅޭގޮތުން ބަހުގެ މިނިސްޓްރީން ޕީއެސްއެމާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ޤައުމީ ދާރުލް އާސާރު އިމާރާތުގައެވެ.
އެގޮތުން މި މަޝްވަރާތަކުގައި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި، މި އަހަރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާތީ އެ ހަރަކާތްތަކުގައި މީޑިއާގެ ދައުރު ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަދި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދިއުމަށް ރާވަފައިވާ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނާ ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒްގެ އިތުރުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނާއި އެގްޒެކްޓިވް ޑިރެކްޓަރ އޮފް ޓެކްނޮލޮޖީ ޙުސައިން ޝުހާދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.




