ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިލްޓަންގެ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާއާ ގުޅިގެން ހުޅުމާލެ ސާފުކޮށް އެއް ޓަނުގެ ކުނި ނަގައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ޝެރަޓަން ރިސޯޓާއި ގުޅިގެން ހުޅުމާލޭގައި ސާފުކުރުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 7:00 އިން 8:00 އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުން ހިމެނޭހެން 45 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގައި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދު ސާފުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ސާފުކޮށް 1 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.




