ދ. ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެންމެފަހުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ދީފިއެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަހުވަަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކާސިންޖީ ހިނގުމުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތް އަދި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އޮގަސްޓް މަހު އެ ރަށުގެ ޝަމްސުއްދީން މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އާރްޑީސީން ވަނީ ކޮށްފައެވެ. އަދި މީގެ އިތުރުންއަދި ޝަހީދު އަލީ ހިނގުމުގައި މަގު ކޮނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ނގުމުގައި މަގު ކޮނުމުގެ މަސައްކަތް ވެސް ކުރަމުންދާކަން އާރްޑީސީއިން ވަނީ ހާމަކޮށްފައެވެ.

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ މަގުތަކުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މި މަޝްރޫޢުގެ މަސައްކަތް މާ ބޮޑަށް ކުރިއަށް ގެންގޮސްފައެއް ނެތެވެ.



