ބްރައުން އިންވެސްޓްމަންޓުން އަރިއަތޮޅުގައި ހިންގަމުން އަންނަ ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ރިސޯޓު 57 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
މުޅިއަކު 100 ކޮޓަރި ހިމެނޭ މި ރިސޯޓު ވިއްކާލަން އެއްބަސްވެ ސޮއި ކޮށްފައިވަނީ ކުންފުންޏެއް ކަމަށްވާ އަލްބަވާދީ އިންވެސްޓާ އަށެވެ.
ބްރައުން ގްރޫޕުން ވިއްކާލި މި ފަސް ތަރީގެ ރިސޯޓް މެނޭޖުކޮށް ހިންގަނީ ސްޕެއިންގެ މަޝްހޫރު ބާސެލޯ ބްރޭންޑުންނެވެ.
މި ރިސޯޓު ވިއްކާލާފައިވަނީ، ބްރައުންސް އިންވެސްޓްމަންޓުން ރާއްޖޭގައި ހިންގާ ޓޫރިޒަމް ވިޔަފާރިތައް އަލުން ބައްޓަން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ މާލޭގައި 16 ބުރީގެ ހޮޓަލެއް ކަމަށްވާ ބާސެލޯ ނަސަންދުރާ ހުޅުވައިފައެވެ.



