ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އައިޝަތު މުޒްނާ އެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.
މުޒްނާ އެ މަގާމަށް އައްޔަންކުރެއްވި އިރު، އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.
ސްޓެލްކޯގެ ބޯޑަށް އެ ބަދަލު ގެނައިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާނުކުރި ނަމަވެސް، މި ބަދަލު ގެންނަން ނިންމި ސަބަބު ހާމައެއް ނުކުރެއެވެ.
ސްޓެލްކޯގެ މެނޭޖްމަންޓަށް ސަރުކާރުން ވަނީ ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެެވެ. އެފަދަ އެއް ބަދަލަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަން ކުރުމެވެ.



