ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މާލޭގައި ކުރިއަށް އެބަދެއެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި މިވަގުތުވެސް މި އޮޕަރޭޝަން ކުރިއަށް އެބަދެއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ދާދި ދެންމެއަކު ވިދާޅުވީ، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް، މާލޭގައި ފުލުހުން ގެންދަނީ އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން، މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރެވެންހުރި މިންވަރަކަށް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ އިތުރުން މާފުށީގައި ވެސް ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭގޮތުން އަދި ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ.


