މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަރުމައްޗަށް މީގެ ދެ އަހަރު ކުރިން އެރި ބާޖު 14 ދުވަސް ތެރޭ ފުންކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތު ފަރަށް އެ ބާޖު އެރީ 6،000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށް ކައިރިން ދަތުރުކުރަމުން ދަނިކޮށް، 2023 ވަނަ އަހަރުގެ އަހަރު ޖުލައި 16 ގައެވެ.
އެނގިފައިވާ ގޮތުގައި، އެ ބާޖުގައި ހުރި ހިލަތައް ހުސްކޮށްފައިވީ ނަމަވެސް، ބާޖު އެތަނުން ނެގުމަށް އޭގެ ވެރިފަރާތަށް އެތައް މުއްދަތެއް ދީފައި ވިޔަސް އެ އެންގުމަށް އަމަލެއް ނުކުރެއެވެ. މިހާރު އެ ބާޖުވަނީ ބީއެމްސީ ސިލްޕްވޭ އެންޑް ސަލްވޭޖް ކިޔާ ކުންފުންޏަކަށް ވިއްކާލާފައެވެ.
ފަރު މަތީ ބާޖު އޮތުމުގެ ސަބަބުން އެތަނަށް ގެއްލުންތައް ލިބެމުންދާތީ އާއި އެންގުމާ އެއްގޮތަށް ކުންފުނިން އަމަލު ނުކުރާތީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި އީޕީއޭ އިން ބުނެފައި ވަނީ ބާޖު ފަރުމަތީ އޮތުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި ކުޅުދުއްފުށީގެ އެއާ އޮޕަރޭޝަންތައް ހިންގުމަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
މި ދައުވާއަށް އެ ކުންފުނިން ޖަވާބުދާރީ ނުވުމުން، ސިވިލް ކޯޓުން މައްސަލަ ހުށަހަޅާފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.



