ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
“މިއަދު އިފްތިތާޙް ކުރެވިގެންދިޔަ އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާއްމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ވެބްސައިޓު މެދުވެރިކޮށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވެނެ ކަމަށެވެ.
އަދި އެ މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު އެ ވެބްސައިޓުގެ ޒަރިއްޔާއިން އާއްމުންނަށް ތާޒާކަމާއެކު ގެނެސްދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުންދާކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކެކެވެ.



