އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކަރކްގެ މަރުގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ ކަރކް މަރާލާފައިވަނީ މި މަހުގެ 11 ވީ ބުރާސްފަތި ދުވަހުއެވެ.
ކަރކް ގެ ގަޔަށް ބަޑި ޖަހާފައިވަނީ، އެ ޔުނިވަރސިޓީގެ ވަށައިގެން ހުރި އިމާރާތެއްގެ މަތީގައި މީހަކު ފިލައި ހުރެ، ސީދާ ކަރކްއަށް ބަޑިން އަމާޒުކޮށްގެން ކަމަށާއި ޖަހާފައި ވަނީ ވެސް އެންމެ އުންޑައެއް ކަމަށް ރިޕޯޓުތަކުން ކުރިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޓައިލަރ ރޮބިންސަން ކިޔައި މީހެކެވެ.
ޓައިލަރ އަކީ މީގެ ކުރިންވެސް މިފަދަ ކުށުގެ ރިކޯޑް އޮތް މީހެއްކަމަށާއި މީގެކުރިން ވެސް މީހަކު މަރާލައިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ޔޫޓާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.




