ފުލުހުންގެ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަންނަން މިއަދު ހަ ގަޑިއިރުގެ ހަރަކާތެއް، ހުޅުމާލެ ފޭސް 3 ގައި ހިންގަން ހަމަޖައްސައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހަރަކާތަކީ ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނެސް ބެލުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ފައިނަލް އެކްސަސައިޒެކެވެ.
މި އެކްސަސައިޒް ކުރިއަށްދާނީ މިއަދު މެންދުރުފަހު 1:00 އިން އިރުއޮއްސި 6:00އަށް ހުޅުމާލެ ފޭސް ތިނެއްގައެވެ.
ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމުގެ ހަރަކާތެއް ހިންގަނީ ސަރުކާރާ ދެކޮޅު މަގުމަތީ ހަރަކާތްތަކެއް ގިނަވެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަރަކާތްތަކެއް ރާވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 3ގައި އިދިކޮޅު އެމްޑީޕީން ބޭއްވުމަަށް ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާވެސް ފާހަގަވެއެވެ.




