މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 3،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 3،200 ދަރިވަރުން އޭ ލެވެލްގެ ކިޔެވުން މިއަދު ވަނީ ފަށާފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އޭ ލެވެލްގައި ކިޔަވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ދަރިވަރުން އޯ ލެވެލް ނިންމި ކަމުގައިވިޔަސް، އޭގެތެރެއިން އޭ ލެވެލް ކިޔަވަނީ 2،000 އެއްހާ ދަރިވަރުންނެވެ.
ނަމަވެސް މިއަހަރު އެ އަދަދު 3،000 އަށްވުރެ މަތުވެފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.




