ރާއްޖޭގައި ދިވެހި ރުއް އިންދާ އާލާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 10 ރަށަކުން 600 ރުއް އިންދައިފިއެވެ.
މިއީ ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގްރިކަލްޗާ މިނިސްޓްރީން ވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސާބާގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް ހުރިހާ ރަށެއްގެ ކައުންސިލަށް އިލްތިމާސް ކޮށްފައެވެ.
އެހެންކަމުން ރާއްޖޭގެ އެކި ރަށްތަކުގައި ވަނީ ރުއް އިންދަން ފަށާފައެވެ.
މިނިސްޓްރީގެ އިލްތިމާސްއާ އެއްގޮތަށް 10 ރަށަކުން ވަނީ ރުއް އިންދާފައެވެ.
ރުއް އިންދާފައިވާ ރަށްތައް:
- ލ. ފޮނަދޫ
- ގދ. މަޑެވެލި
- ކ. ކާށިދޫ
- ގދ. ފިޔޯރީ
- ހއ. ކެލާ
- ރ. މާކުރަތު
- ށ. މަރޮށި
- ލ. ކަލައިދޫ
- ށ. ޅައިމަގު
- ހއ. ބާރަށް
ރާއްޖެއަަށް ދިމާވެފައިވާ ކާށީގެ ދަތިކަމުން އަރައިގަތުމަށް ރުއް އިންދާ އާލާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަދި ދިވެހި ރުކަކީ އޭގެ ބައިތަކާއި އޭގެން ލިބޭ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންދާ އާލާކުރުން ވަރަށް މުހިންމު އެއްޗެކެވެ.


