ހުޅުމާލެ ފޭސް 1 އިން 4.60 ގުރާމުގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ މި ތަކެތި ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު 148 ނަންބަރު ފްލެޓް ސިޑިގޮޅި ކައިރީގައިހުރި މީހަކު ފުލުހުން ފެނުމުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން، ފުލުހުން ގޮސް އެ ސަރަހައްދު އަދި ފްލެޓް ސިޑިގޮޅި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.60 ގުރާމެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



