ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ފަސް ރަށަކަށް އެ ކުންފުނީގެ އައު މެނޭޖިންގް ޑިރެކްޓަރ ހުސެއިން ޝަމާހު ރަޝީދު ޒިޔާރަތްކޮށްފިއެވެ.
މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނީ އެމްޑީ ޝަމާހް އާއި ކުންފުނީގެ ބައެއް އިސްވެރިން، މި ހަފްތާ ބަންދުގައި ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއަށް ވަޑައިގެން އެ ރަށްރަށުގެ އިންޖީނުގެއަށް ޒިޔާރަތްކޮށްފައެވެ.
އެ ޒިޔާރަތް ކުރުމުގައި، ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯގެ އެމްޑީ ކަމަށް ޝަމާހް އައްޔަނު ކޮށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީ، އެ މަގާމުން ވަކިކުރުމަށްފަހު، މި މަހުގެ 7 ވަނަ ދުވަހުގައެވެ.




