ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ދިވެހި ސިވިލް ސާރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
މީގެ ކުރިން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާތީ، މޫނު ބުރުގާއަޅާ ފަރާތްތައް ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޮތީ ބަންދުވެފައެވެ.
ނަމަވެސް އަަލަށް ގެނައި އިސްލާހުގައި ބުނެފައިވާގޮތުން އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުން ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މޫނު ބުރުގާ އަޅައިގެން ތިބޭ ފަރާތްތައް ވަޒީފާ އަދާކުރާނަމަ ދޭ ޚިދުތަމަކީ ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއްނަމަ، ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.



