ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސް ކަމަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
އެގޮތުން ޝަފީޤްގެ ނަންް ދިރާސާ ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މުޙައްމަދު ޝަފީގް މަހުމޫދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ މަގާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައި ވަނީ 67 މެންބަރުންގެ ވޯޓުންނެވެ.




