ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މާދަމާވެސް ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް މިއަދު މަޖިލީހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 16ވާ އަންގާރަ ދުވަހު (މާދަމާ) ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.




