އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް ބެހުމަށް، ޖަމިއްޔާއަކާއި ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުއްމީދު ޖަމިއްޔާއާ ކަމަށެވެ.
އަދި އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި އެ ޖަމިއްޔާއާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން މުސްޙަފް ބޭނުންވެގެން ގިނަ ރަށްތަކެއްގެ ކައުންސިލްތަކަކުން އެދެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން އެ ރަށްތަކުގެ ކައުންސިލްތަކަށް މުސްހަފް ހަދިޔާ ކުރާނީ އުއްމީދު ޖަމިއްޔާ މެދުވެރިކޮށް، ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ހަމައެހެންމެ އެ ރަށްތަކަށް ފޮނުވަމުންދާނީ ސަޢުދީން ރާއްޖެއަށް ހަދިޔާކޮށްފައިވާ މުސްޙަފްތައް ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އަހަރުވެސް ސަޢުދީއިން ވަނީ ރާއްޖެއަށް 25000 މުސްޙަފް ހަދިޔާކޮށްފައެވެ.



