ގއ. މާމެންދޫ ކައުންސިލުން އާރްޑީސީގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.
އާރްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް އަޝްރަފް އަލީ އަދި ކައުންސިލް މެންބަރުން މިއަދު ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި އިސް ފަރާތްތަކާއި ބައްދަލު ކުރައްވާފައި ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން މާމެންދޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
”މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާއި ވޭސްޓު މެނޭޖްމަންޓް މަޝްރޫޢުއާ ގުޅޭ މަޝްވަރާތައް ވަނީ ކޮށްފައި“ އާރްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އާރްޑީސީން ބުނީ އެ ކޯޕަރޭޝަނާއި މާމެންދޫ ކައުންސިލުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.



