ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްްވަން ހަމަޖެހިފައިވާ ޖަލްސާ މިއަދު ހަވީރު 4:00 ގައި ބާއްވަން އެޖެންޑާކޮށްފިއެވެ.
މަޖިލިހުގެ ދައުރުން ބޭރުން ބާއްވާ ހަތް ވަނަ ޖަލްސާ މިއަދު ހަވީރު އޮންނާނެކަން މަޖިލިހުގެ މެމްބަރުންނަށް މިހާރު ވަނީ އަންގާފައެވެ.
ބެލެވޭ ގޮތުގައި ދައުރުން ބޭރުން މިއަދު ހަވީރު ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮންނާނީ މީޑިއާ ރެގިއުލޭޝަންގެ ބިލް ފާސް ކުރުމާ މެދު ގޮތެއް ނިންމުމެވެ.
އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އެ ބިލް ދިރާސާ ކުރުމަށް ފާސްކޮށްފައެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ދެން އޮންނާނީ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހެޅުމެވެ.




