ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އައު ހެކިތައް ހައި ކޯޓުން އެއްފަރާތްކުރި މައްސަލައިގެ އަޑުއެހުމެއް މި ހިނގާ ސެޕްޓެމްބަރު މަހުގެ 29އަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މި އައު ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިތަކެކެވެ.
އެ ހެކިތައް އެއްފަރާތްކޮށްގެން ޝަރީއަތް ފަށަން ހައި ކޯޓުން ނިންމި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން މި މައްސަަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހުގެ ހެނދުނު 11:30ގައި ބޭއްވުމަށެވެ.



