މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މި އަހަރު ކުރިއަށްގެންދާ އެޕެރެންޓިޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޯމޭޝަން އެންޑް އާޓްސް އާއި އެ ކުންފުނި ގުޅިގެން 2025 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެމްޕީއެލް އިން ބުނީ މި ފަހަރު ކުދިން ތަމްރީނު ކުރަނީ މެރިން މެކޭނިކް، ހެވީ ވެހިކަލް މެއިންޓެނެންސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އެޑްމިނިސްޓްރޭޓިވް، ފަރުނީޗަރު ކާޕެންޓްރީ އަދި ވެލްޑިން ޓްކްނިކްސްގެ ޖާގައަށް ކަމަށެވެ.
މެރީން މެކޭނިކްގެ ގޮތުގައި ތިން ފަރާތެއް ތަމްރީނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ހެވީ ވެހިކަލް މެއިންޓެނެންސް އަށް 10 ފަރާތެއް ތަމްރީނު ކުރުމުގެ ފުރުސަތު ވަނީ ހުުޅުވާލާފައެވެ.
އަދި އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ ދާއިރާއިން 6 ފަރާތެއް އެޑްމިނިސްޓްރޭޓިވް އަށް އެކަކު އަދި ފަރުނީޗަރު ކާޕެންޓްރީގެ ދާއިރާއިން 4 ފަރާތެއް ތަމްރީނު ކުރަން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެލްޑިން ޓްކްނިކްސްގެ ދާއިރާއިން 6 ފަރާތެއް ތަމްރީނު ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ދޭނެ ކަމަށާއި މިއީ ހަ މަސް ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ.
އެމްޕީއެލް އިން ބުނީ މި އެޕެރެންޓިޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީީ 29 ސެޕްޓެމްބަރުގެ 15:30 ގެ ކުރިން ކަމަށެެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.



