ސޫލުތަކާ ޚިލާފަށް ބޭނުންކުރަމުން ދިއުމާ ގުޅިގެން އުވާލި ”މީޑިއާ ފެންޑާ“ ތަޅާލައިފިއެވެ.
ޑިއާ ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން 29 މެއި 2025 ގައި ޤާއިމުކުރި ތަނެކެވެ. މި ތަނަކީ ރައީސް އޮފީހާއި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސް އޮފީސް ކުރިމަތީގައި ޤާއިމުކުރި ތަނެކެވެ.
ނޫސްވެރިން ބޭނުންވާ ހާލަތެއްގައި 24 ގަޑިއިރު އެތަން ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެއެވެ.
ނަމަވެސް މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ނުނަގާ ބަޔަކު އެތަނަށް ވަދެ، އުސޫލުތަކާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށްބުނެ، ރައީސް އޮފީހުން ވަނީ މިމަހުގެ 14 ވަނަ ދުވަހު އެތަން އުވާލަން ނިންމާފައެވެ.
މީގެ އިތުރުން، އެތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރިން ކުރަމުން އަންނަ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ގްރީންޒޯންގައި ހުންނަ މީޑިއާ ފެންޑާގައި އާންމު މަސްލަހަތު ގެއްލޭފަދަ އަދި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހިންގަމުން ދިއުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަންވެސް ރައީސް އޮފީހުން ބުންޏެވެ.
މީޑިއާ ފެންޑާ އުވާލުމަށް ފަހު އެތަަނަށް ނޫސްވެރިން ވަނުން ހުއްޓުވުމަށްޓަކައި އެތަނުގައި ހުރީ ރުއް އިންދާފައިވާ ގަސްމުށިތަކެއް ބަހައްޓާފަ އެވެ.
އެގޮތަށް އެތަން ބަންދު ކޮށްފައި ހުއްޓަސް، އެތަނުގައި ތިބެ ލިޔާނެ ކަމަށް ބުނެ ބައެއް ނޫސްވެރިން ޕޯސްޓުތަކެއް ކޮށްފައިވަނިކޮށް، އެތަނުގައި އިށީނދެވޭ ގޮތަށް ހުރި ސިޑިބަރި މިހާރު ވަނީ ތަޅާލާފައެވެ.


