ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީއިން ކުރިއަށް ގެންދާ ”އިސްލާމިކް ލީޑަރޝިޕް“ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
މި ވޯކްޝޮޕަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑަރޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ދެ ދުވަހުގެ ވޯކްޝޮޕެކެވެ.
އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މަޢުޟޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ވޯކްޝޮޕުގައި އަލިއަޅުވާލެވޭ މަޢުޟޫތަކުގެ ތެރޭގައި އިސްލާމީ އަޤީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ޙައްދުފަހަނައެޅުން، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުން، އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑަރޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދަޢުވާ އެންޑް ލީޑަޝިޕް ހިމެނެއެވެ.
މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އެ މިނިސްޓްރީގެ ދީނީ ޢިލްމުވެރިންނެވެ. މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.



