ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، އދ. މަހިބަދޫ ފޭސް 02 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.
އާރްޑީސީއާ މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ 42،765،652.08 ރުފިޔާގެ މަޝްރޫޢު އެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީން ގެންދަނީ ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތަށް ކުރަމުންނެވެ.




