ފ. ނިލަންދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވެމްކޯއާއި ނިލަންދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.
މީގެ އިތުރުން މިއަދު ނިލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގައި ޤާއިމުކުރި ކުނި މެނޭޖުކުރާ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުވައިދެއްވާފައެވެ.
ނިލަންދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އަޅާފައި ވަނީ ވެހިކަން ބިލްޑާސް އިންނެވެ.



