މީިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ.
އެ ކޮމިޓީ އެކުލަވާލާފައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ.
މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ގާނޫނުގެ ދަށުން އުފެއްދި ވަގުތީ ކޮމިޓީއެކެވެ.
އެގޮތުން އެ ކޮމިޓީއަށް އައްޔަނުކޮށްފައި ވަނީ ދާއިމީ މެންބަރުން އައްޔަނުކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެންބަރުންނެވެ.
މެންބަރުންގެ ގޮތުގައި އެ ކޮމިޓީއަށް އައްޔަންކުރި 5 ބޭފުޅުންނަކީ:
1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ
2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ
3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ
4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ
5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)
މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް އައްޔަނުކުރާ ފަސް މެންބަރުން ވާން ޖެހެނީ ސީއެސްސީގައި ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ.
އަދި އެ ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.



