ފ. ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ރަށްތަކަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، ނިލަންދޫއަށް ވަޑައިގެންނެވެ.
ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާގެ އިތުރުން ނިލަންދޫ ކައުންސިލު ރައީސް އަލީ އަހްމަދު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ.



