ތ. ގާދިއްފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.
ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ޙާއްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮައިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިން އިސްމާޢިލް އުބައިދެވެ.
މިއީ 12.8 މިލިއަން ރުފިޔާއަށް ވެމްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓު ނިންމަން އެ ކޯޕަރޭޝަނަށް ދީފައި ވަނީ 325 ދުވަހުގެ މުއްދަތެކެވެ.



