މާލެއިން ފުރައިގެން ހއ.ދިއްދޫއަށް ދަތުރުކުރަމުންދިޔަ ”މެގަ ހޯރަ“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ނ.ވަވަތިކުރޮޅިއަށް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި 98 ފޫޓުގެ އެ ބޯޓުން 61 މީހުން ދަތުރުކުރި ކަމުގައި ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.



