މ. މުލަކުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
އާރްޑީސީން މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހަތަރު އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މުލަކަށް ވަޑައިގެންނެވެ.
މި މަސައްކަތް މުލަކުގައި ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އަރިހުގައި މުލަކު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނައުފަލް، މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވެސް ބައިވެރިވެވަޑައިގަތެވެ.




