މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއަރޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރތަކުގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، އެ އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ ރޭ 02:42 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށާއި އެ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގައި ފުލުހުން ބުންޏެވެ.
މީގެއިތުރުން، މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރއަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވަނީ ޓޯވ ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



