މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލު އެކްސިޑެންޓުތައް ކަމުގައި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 14 އިން 20 އާ ދެމެދު މުޅިއަކު 44 އެކްސިޑެންޓު ހިނގާފައިވެއެވެ.
އޭގެ ތެރެއިން އެކްސިޑެންޓަކީ ސައިކަލަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެވެެ. އަދި 13 އެކްސިޑެންޓަކީ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެވެ.
ހިނގާފައިވާ އިތުރު އެކްސިޑެންޓުތައް:
° ސައިކަލަކާއި ޕިކަޕެއް ޖެހިގެން: 6 އެކްސިޑެންޓް
° ސައިކަލަކާއި ބަހެއް ޖެހިގެން: 6 އެކްސިޑެންޓް
° ކާރަކާއި ޕިކަޕެއް ޖެހިގެން: 5 އެކްސިޑެންޓް
° ހިޓް އެންޑް ރަން: 4 އެކްސިޑެންޓް
° ސައިކަލަކާއި ވޭނެއް ޖެހިގެން: 3 އެކްސިޑެންޓް
° ކާރަކާއި ކާރެއް ޖެހިގެން: 2 އެކްސިޑެންޓް
° އަމިއްލައަށް ތަންތަނުގައި ޖެހިގެން: 2 އެކްސިޑެންޓް
° އެމްބިއުލޭންސަކާއި ސައިކަލެއް ޖެހިގެން: 1 އެކްސިޑެންޓް
° ޕިކަޕެއް ހިނގާފަ ދިޔަ މީހެއްގެ ގައިގައި ޖެހިގެން: 1 އެކްސިޑެންޓް
° ސައިކަލެއް ހިނގާފަ ދިޔަ މީހެއްގެ ގައިގައި ޖެހިގެން: 1 އެކްސިޑެންޓް
° ސައިކަލަކާއި ލޮރީއެއް ޖެހިގެން: 1 އެކްސިޑެންޓް
° އުޅަނދުން އަމިއްލައަށް ވެއްޓިގެން: 1 އެކްސިޑެންޓް
° ކާރަކާއި ވޭނެއް ޖެހިގެން: 1 އެކްސިޑެންޓް



