މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަފުށީގައި ޤާއިމްކުރި ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ އެ ކުންފުނީގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.
ޖުމްލަ 2400 ޓީ.އީ.ޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމުގައި އެމްޕީއެލް އިން ބުނެފައިވެއެވެ.
މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީ.އީ.ޔޫސް އެވެ.
ތިލަފުށީގައި ޤާއިމްކުރެވުނު ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ގައި 60 މީޓަރު ކި ވޯލެއް ތަރައްޤީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެނެވެ.
އެ މަސައްކަތަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމް.ޕީ.އެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރިކަން އެމްޕީއެލް އިން ވަނީ ފާހަގަ ކޮށްފައެވެ.




