މ.ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ.ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކުރައްވާފައެވެ.
ވަނީ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވާފައެވެ.
ދިއްގަރަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެއަށްފަހު އެސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައް އަހަރެއްގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ވަނީ ނިންމާލާފައެވެ.
މިމަޝްރޫޢުގެ ދަށުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްވަނީ ޖަހާފައެވެ. އަދި 138 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްވަނީ ލާފައެވެ. މީގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއްވެސްވަނީ ޖަހާފައެވެ.
މިއީ 17.5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.



