މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ސަޢީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލައްވައި، އެ ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



