ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ރެއިން ފެށިގެން ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 11:35 ހާއިރު ކަމަށެވެ.
ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުންދާ ކަމުގައި މިއަދު ހެނދުނު އެމްއެންޑީއެފް އިން ބުންޏެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމުގައި ވެސް ބުނެފައިވެއެވެ.




