މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް، އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ.
އެ ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކޮޅުފުށީގައި މިހާރު ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ޚާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



