ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް މިއަދު އައްޔަނު ކޮށްފިއެވެ.
ފެނަކައިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އައު ޑީއެމްޑީއަކީ، އާދަމް ތައުފީގެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އޭގެއިތުރުން އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަވެސް ކުރައްވައިފައެވެ. ނަމަވެސް އެ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ފެނަކަ ޑީއެމްޑީގެ މަގާމުގައި މިހާރު ވެސް ބޭފުޅަކު ހުންނަވައެވެ. އެއީ، މުޙައްމަދު އާރިފެވެ.
ފެނަކަ އިން މިއަދު ވަނީ އެ ކުންފުންޏަށް އަލަށް އައްޔަނު ކުރި އާދަމް ތައުފީގަށް މަރުހަބާ ކިޔާފައެވެ.



