ތ. މަޑިފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މަޑިފުށްޓަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.
އެ ރަށު މަގުތައް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އަރިހުގައި ވިލުފުށި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ވަހީދު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މަޑިފުށި ކައުންސިލްގެ ރައީސް އަހުމަދު ނަސީތު ވެސް ބައިވެރިވެވަޑައިގަތެވެ.




