ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ މިރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ރައީސް މުޢިއްޒު ބޭއްވެވި ޖަލްސާގައެވެ.
މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެކަމަށް ރައީސް ވަނީ މިރޭ އިޢުލާން ކުރައްވާފައެވެ.
މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
އިސްލާމިކް މިނިސްޓްރީނ ބުނީ މި މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުން އަންނަ ކަމަށެވެ.
އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.




