އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ދަންވަރު 1:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވެފައި ވަނީ34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަަމަލާދީފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މާރާމާރީގައި ލިބިފައިވާ ޒަހަަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.



