ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު، ކ.ފޭދޫ ފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިއަދު ހޯދާފައިވާ ކަމަށެވެ.
އަދި އެ މީހާގެ ހަށިގަނޑު މިހާރު ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މިދިޔަ ހޯމަ ދުވަހުގެ 11:35 އެހާކަންހާއިރު މާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން އިންޑިއާ މީހަކު ކަނޑަށް ވެއްޓިގެން ސިފައިންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ސިފައިން ބުނެފައި ވެއެވެ.



