ތ. ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފިއެވެ.
އެ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ތ. އަތޮޅު ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ސެންޓަރު ހުޅުވައި ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
ގުރައިދޫގައި ޤާއިމްކުރި މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ.
ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ޑީކޮމްޕެރެޝަން ޗެމްބަރު ހަދިޔާކޮށްފައި ވަނީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން ކަމަށެވެ.
”މިއީ މަސްވެރިންނަށް ޑައިވް ކުރާ މީހުންނަށް އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ހަމަ ވަރަށް މުހިންމު ހިދުމަތެއް“ ރައީސް ވިދާޅުވެފައި ވެއެވެ.




