ތ. ގާދިއްފުށި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ ބިންގާ އަޅައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ތ. ގާދިއްފުށްޓަށް ވަޑައިގެން މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައި ވަނީ ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެވެ.
ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.



