ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކަށް މީހަކު މިއަދު ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
އޯސީސީ ފިހާރައަކީ އާންމުކޮށް ސިނގިރޭޓާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫންވެސް ތަކެތި ވިއްކާ ފިހާރައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ ހުޅުމާލޭ ފޭސް 1ގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފިހާރައިގެ ނަން ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، އެއީ އޯސީސީގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްކަން ވަނީ އެނގިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



