މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ޗައިލްޑް ހެލްޕްލައިނަށް 2108 ކޯލު ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ އޮގަސްޓު މަހު އެ މިނިސްޓްރީގެ ހެލްޕްލައިންއަށް ޖުމްލަ 2592 ކޯލު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 2108 ކޯލު މިދިޔަ އޮގަސްޓު މަހު ލިބިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ ތެރެއިން، 72 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަށް ކަމަށާއި 1559 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 477 ކޯލު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ، އެ މިނިސްޓްރީގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 484 ކޯލު ވަނީ ލިބިފައިވާ ކަމަށްވެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.




