މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި އައު ފާމަސީ ލެބެއް ހުޅުވައިފިއެވެ.
އެ ޔުނިވާސިޓީގައި އާ ފާމަސީ ލެބެެއް ހުޅުވާފައި ވަނީ ފާމަސީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
މިކަމަށްޓަކައި ފެކަލްޓީ އޮފް ހެލްތް ސައިންސެސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެބް ހުޅުވާފައި ވަނީ އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
އެ ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވީ މިފަދަ ލެބެއް ހުޅުވިގެން ދިއުމަކީ އެ ފެކަލްޓީގައި ކިޔަވާ ދަރިވަރުންނަށްވެސް ތަޖުރިބާ ހޯދުމަށް ފަހިވި އިތުރު ފުރުޞަތެއް ކަމަށެވެ.
މިގޮތުން މި ލެބާއެކު، ހެލްތު ސައިންސްގެ ދާއިރާއިން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުޞަތުތައް ފަހިވެެގެންދާނެ ކަމަށް ޑރ. ޝެހެނާާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ އެމްއެންޔޫގެ ކޯސްތަކުގެ ތެރެއިން ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އަމާޒުހިފާފައިވާ ގޯލަށް ވާސިލްވުމަށް ހުޅުވިގެންދިޔަ އިތުރު ފުރުސަތެއް ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.




